ޚަބަރު

މެރިޓައިމް ދާއިރާ ހަރުދަނާކުރުމަށް ގައުމީ ޝިޕިން ކުންފުނިން މެލޭޝިއާ މެރިޓައިމް އެކަޑަމީއާއެކު އެއްބަސްވުމަކަށް

ފާތިމަތު ލިޔުޝާ

ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އާއި މެލޭޝިއަން މެރިޓައިމް އެކަޑަމީ އެސްޑީއެން ބީއެޗްޑީ (އެމްއެމްއޭއެސްބީ)އާ ގުޅިގެން މެރިޓައިމް ދާއިރާ ހަރުދަނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މެލޭޝިއާގެ މެލަކާގައި ހުންނަ އެމްއެމްއޭއެސްބީ - އެކަޑަމީ ލައުޓް މެލޭޝިއާ (އާލަމް) ކެމްޕަހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްއެސްއެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަހުމަދު ޝަރީފެވެ. އެމްއެމްއޭއެސްބީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އެޑީ އަހުމަދު ކޮހްދްޒާލީ އެވެ.

އެމްއެސްއެސް އިން ބުނީ، އެ ކުންފުންޏާއި އެމްއެމްއޭއެސްބީއާ ދެމެދު ކުރިއަށްގެންދާ މި ޕާޓްނާޝިޕްގެ މަގުސަދަކީ އެމްއެސްއެސް ކަލާސީން ސްކޮލަޝިޕްގެ ބައިވެރިންނަށް، ތައުލީމީ އޮނިގަނޑެއް ހަރުދަނާކުރުމަށް މަގުފަހިކޮށްދީ، މެރިޓައިމް ތައުލީމާއި ތަމްރީނުގެ ފެންވަރު މަތިކުރުން ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން އަލަމްގެ ވަސީލަތްތައް ހޯދުމާއި އޭގެ އެޑްވާންސް ސިމިއުލޭޝަން ޓެކްނޮލޮޖީއާއި އިންޑަސްޓްރީގެ އިސްވެރިންނަށް ވަނުމާއި އޭއެމްގެ އުޅަނދުފަހަރުގައި ކަނޑުދަތުރުކުރާ ވަގުތު ބައިނަލްއަގުވާމީ ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށާއި އެމްއެސްއެސްގެ ފްލެގްޝިޕްގެ ދަށުން ދަތުރުކުރާ މެރިޓައިމް ގްރެޖުއޭޓުންގެ ހަރުދަނާ ޕޫލެއް އުފެއްދުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އެމްއެސްއެސް އިން ބުންޏެވެ.

ކަލާސީން އިނީޝިއޭޓިވް އަކީ އެމްއެސްއެސް އާއި ގައުމީ މެރިޓައިމް އިންޑަސްޓްރީން ކުރިއަށްގެންދާނެ ނެވިގޭޝަން ޕްރޮފެޝަނަލުންނާއި އިންޖިނިއަރިން ޕްރޮފެޝަނަލުންގެ އަންނަން އޮތް ޖީލު ތަރައްގީކުރުމަށް އެމްއެސްއެސް އިން 2021 ވަނަ އަހަރު ފެށި އަހަރީ ސްކޮލަޝިޕް ޕްރޮގްރާމެކެވެ.

ސިމިއުލޭޓަރާއި މެރިން ވޯކްޝޮޕްތައް ހިމެނޭ ގޮތަށް ޒަމާނީ ވަސީލަތްތައް ދައްކާލުމާއި އެކަމާ ގުޅުންހުރި އިތުރު މައުލޫމާތުތައް ސްޓޭޓް ޝިޕިން ވެބްސައިޓުން ލިބޭނެއެވެ.

އެމްއޯޔޫގެ ދަށުން އެމްއެސްއެސް ކަލާސީން ސްކޮލާޝިޕްގެ ދަރިވަރުންނަށް މެހެމާނުންގެ ގޮތުގައި ބައިވެރިވާ ފަރާތްތައް:

  • ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު
  • މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަހުމަދު ޝަރީފް
  • މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކެޕްޓަން އަހުމަދު ޒުބައިރު
  • އެމްއެމްއޭއެސްބީގެ އެމްޑީ އަދި ސީއީއޯ އެޑީ އަހުމަދު ޚުދްޒާލީ
  • އަލަމްގެ ޗީފް އެގްޒެކެޓިވް ކެޕްޓަން ޑރ. މަނިވަންނަން ސުބްރަމާނިއަމް