މިރޭވެސް ކ. ދިއްފުށީގައި ހަމަނުޖެހުންތަކެއް ހިންގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ރޭވެސް ދިއްފުށީގައި ވަނީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހަމަނުޖެހުންތަކެއް ހިންގާފައެވެ. އެ ހަމަނުޖެހުންތަކުގައި ދެމީހަކަށް ވަޅިން ހަމަލާދީ އެކަކުގެ ތިން އިނގިލީގެ ހިއްސު ކެނޑޭ ވަރަށް ބުރިވެގެން ގޮސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ވައްކަމުގައި ބައިވެރިވި މީހުންނާ ކުރިމަތިލައި، އެމީހުންނާ ވަނީ ސުވާލުކޮށްފައެވެ. ރައްޔިތުން ވަނީ އެ ރަށުގެ ފިހާރައަކުން ވައްކަންކޮށް، ނެގި ތިޖޫރީއެއް ހޯދައިފައެވެ. ވަޅުލާފައިވާ ތުޖޫރީ ހޯދި ނަމަވެސް، ފައިސާތައް ނަގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅޭ މައުލޫމާތު ލިބޭ ވަރަކުން ހިއްސާކުރާނެ ކަމަށެވެ. މިހާރު ފުލުހުންގެ ޓީމެއް އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.