ޚަބަރު

މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މުހައްމަދު އިޝާން

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މަރުވެފައިވަނީ މއ. ހުދު އަކިރި، އަބްދުﷲ ހަސަން (53އ) އެވެ.

ފުލުހުން "ވަން" އަށް މިއަދު ބުނީ ގުލާބީ މަގުގައި ހުރި ގެއެއްގެ ތެރޭގައި މީހަކު ހަބަރު ހުސްވެފައި އޮތް ކަމުގެ ރިޕޯޓު ލިބިގެން އެތަނަށް ގޮސްފައިވާނެ ކަމަށެވެ.

އެ މީހާ އައިޖީއެމްއެޗަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެފަހުން ފުލުހުން ދެންމެ ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މަރުވެފައިވާ މީހާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ވެސް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.