ޚަބަރު

ސްޓެލްކޯ ޒަމާނީ ބިޒްނަސް ސެންޓަރު ހުޅުވަން ތައްޔާރުވެއްޖެ

ފާތިމަތު ލިޔުޝާ

ސްޓެލްކޯ ބިޒްނަސް ސެންޓަރު ވަރަށް އަވަހަށް ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީގެ އެކްސްގައި ރޭ ވިދާޅުވީ، ސްޓެލްކޯ ބިޒްނަސް ސެންޓަރު ޑިޒައިން ކޮށް، އިމާރާތްކުރުމުގައި ސްޓެލްކޯގެ މުވައްޒަފުން ކުރަމުން އަންނަ ހިތްވަރާއި، ހާއްސަ ކާމިޔާބީއަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

"އިނޮވޭޓިވް ޑިޒައިނާއި ސުޕީރިއާ ކްރާފްޓްޝިޕްގެ އަލިގަދަ މިސާލެއްގެ ގޮތުގައި މި ލޭންޑްމާކް ޕްރޮޖެކްޓަކީ، އަޅުގަނޑުމެންގެ ޓީމުގެ ނުހަނު ހުނަރުވެރިކަމާއި ފަންނުވެރިކަމާއި އަމާނާތްތެރިކަން ދައްކުވައިދޭ ޕްރޮޖެކްޓެއް" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ އެ އާދަޔާ ހިލާފު މަސައްކަތުގެ އަގު ވަޒަންކޮށް، އެކަމަށް އިހުތިރާމު ކުރުމަށް ސްޓެލްކޯގެ މެނޭޖްމަންޓުން ސާބިތުކަމާއެކު މަސައްކަތް ކުރަމުން ގެންދާކަމަށެވެ.