ޚަބަރު

ދޯހާ މެރަތަންގެ ފުރުސަތު ލިބޭ އުރީދޫގެ ދެ ކަސްޓަމަރުން ހޮވައިފި

ފާތިމަތު ލިޔުޝާ

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ ދެ ފުރުސަތު ލިބޭ ދެ ނަސީބުވެރިން އިއުލާނުކޮށްފިއެވެ.

އަންނަ މަހުގެ 17 ގައި ބާއްވާ ދޯހާ މެރަތަން 2025 ގައި ބައިވެރިވާ އުރީދޫގެ ދެ ކަސްޓަމަރުންނަށް ހޮވިފައިވަނީ މުހައްމަދު އަޒްހަދު އަހުމަދާއި ތޯރިގު މުހައްމަދެވެ.

އެ ލަކީ ޑްރޯގައި ބައިވެރިވުމަށްޓަކައި އުރީދޫ ވެބްސައިޓު މެދުވެރިކޮށް އޮކްޓޯބަރު މަހުގެ 26 އިން މިދިޔަ މަހުގެ 26 ގެ 23:59 އާ ހަމައަށް ފުރުސަތު ހުޅުވާލިއެވެ.

އުރީދޫގެ ފަރާތުން ކަސްޓަމަރުން ދޯހާ މެރަތަންއަަށް ފޮނުވާ މިއީ ދެވަނަ ފަހަރެވެ.