ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ގެއެއްގެ ފާރުގައި ޖެހި ފާރު ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 5:23 ހާއިރު ގދ. ތިނަދޫގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގެއެއްގެ ފާރުގައި ޖެހި އެކްސިޑެންޓްވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގަން ދިމާވީ ގާޒީ މަގުން ދެކުނަށް ދުއްވާފައި އައި ސައިކަލަކުން ދުރަށް ޖެހި ނައްޓާލަން އުޅެނިކޮށް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް ގޭގެ ފާރު ވެއްޓި، ކާރުގެ ބަފަރު ނެއްޓިފައިވާ ކަމަށެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ތަހްގީގު ކުރަމުންނެވެ.