ޚަބަރު

ގަވައިދާ ހިލާފަށް މާރުކޭޓު ތެރޭގައި މަސައްކަތްކުރާ ބިދޭސީއަކާއި ދިވެއްސަކު މާރާމާރީ ހިންގައިފި

އަލީ އިހްސާން

ގަވައިދާ ހިލާފަށް މާރުކޭޓު ތެރޭގައި މަސައްކަތްކުރާ ބިދޭސީއަކާއި ދިވެއްސަކު މާރާމާރީ ހިންގައިފިއެވެ.

ފުލުހުން މިއަދު ބުނީ، މިމަހުގެ 22 ވަނަ ދުވަހުގެ ރޭ 12:17 ހާއިރު، ލޯކަލްމާރުކޭޓު ތެރޭގައި ބިދޭސީއަކާއި، ދިވެއްސަކު މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި މި މާރާމާރީގައި ދިވެހި މީހާއަށް ކުދި އަނިޔާ ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހެޅި ފަރާތުން ދައުވާކުރަން ބޭނުން ނުވާތީ ބިދޭސީ މީހާ ދޫކޮށްލާފައިވާ ކަމަށާއި އެ ބިދޭސީ މީހާއަކީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް އުޅޭ މީހަކަށްވާތީ އޭނާ ވަނީ އިއްޔެ ހައްޔަރުކޮށް މުއްދަތު ޖަހާފައި ކަމަށެވެ.

އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ 36 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ލޯކަލް މާރުކޭޓުގައި މަސައްކަތްކުރަނީ ގަވާއިދާ ހިލާފަށް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.