“ޕުޝްޕާ 2: ދަ ރޫލް" ފިލްމަށްފަހު ރެޝްމިކާ މަންދަންނާ އަކީ އިންޑިއާގައި އެންމެ ބޮޑު އުޖޫރަ ލިބޭ އަންހެން ތަރިއަށް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނާން ފަށައިފިއެވެ.
މި ހަފުތާގެ ކުރީކޮޅު، ރެޝްމިކާ ވަނީ ގޯވާގައި ބޭއްވި އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އޮފް އިންޑިއާ (އައިއެފްއެފްއައި) 2024 ގެ ނިންމުމުގެ ހަފުލާގައި ބައިވެރިވިއެވެ. އިންޑިއާ ޓުޑޭގެ ރިޕޯޓެއް ބުނާގޮތުން، މި ހަފުލާގައި، އޭނާގެ ކުރިއަށް އޮތް ފިލްމު "ޕުޝްޕާ 2" އަށްފަހު އޭނާއަކީ އެންމެ މަތީ އުޖޫރަ ލިބޭ އަންހެން ތަރިކަމަށް ބުނެވޭ ވާހަކަތަކާ ބެހޭގޮތުން ސުވާލު ކުރެވުނެވެ.
"އަހަރެން އެއްގޮތަކަށްވެސް އެއަށް އެއްބަހެއް ނުވަން، އެއީ ތެދެއް ނޫން." ޖަވާބުގައި ރެޝްމިކާ ބުންޏެވެ.
ގިނަ ރިޕޯޓުތަކުގައި ބުނެފައިވަނީ ރެޝްމިކާއަށް މި ފިލްމަށް 10 ކްރޯޑު ރުފިޔާގެ އުޖޫރައެއް ލިބުނު ކަމަށެވެ. މިއީ ފުރަތަމަ ބައިގައި އޭނާއަށް ލިބުނު އުޖޫރައާ އަޅައިބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. ފުރަތަމަ ބަޔަށް އޭނާއަށް ލިބުނީ 2 ކްރޯޑު ރުފިޔާ ކަމަށް ރިޕޯޓުތައް ބުނެއެވެ.