މުނިފޫހިފިލުވުން

"ލަވްލީ ލޯލާ" ގައި ގައުހަރު ޚާން އާއި އީޝާ، މަންމައާއި ދަރިފުޅުގެ ރޯލުން

ޕްރޮޑިއުސަރު، ޑިރެކްޓަރު ރަވީ ދުބޭ އާއި ސަރްގުން މެހެތާގެ އަންނަން އޮތް ފިލްމުގައި ބަތަލާ ގައުހަރު ޚާން ބައިވެރިވާކަމުގެ ހަބަރު އޮތީ ފެތުރިފައެވެ.

އޭގެ ފަހުން ގައުހަރު ވަނީ ބަތަލާ އީޝާ މަލްވިޔާއާއެކު "ލަވްލީ ލޯލާ" ކިޔާ ފިލްމަކުން ފެނިގެންދާނެކަން އިއުލާންކުރަމުން ރީލެއް ޕޯސްޓް ކޮށްފައެވެ.

އޭނާގެ ދައުރު ނުވަތަ ފިލްމުގެ ތަފްސީލުތައް ހާމަނުކުރި ނަމަވެސް، ރިޕޯޓްތަކުން އެނގިފައިވަނީ ގައުހަރު އާއި އީޝާ މަލްވިޔާ މަންމައާއި ދަރިފުޅުގެ ދައުރު އަދާކުރާނެ ކަމާއި، އަދި ފިލްމު ބިނާވެފައި ވަނީ އެ ދެ ކެރެކްޓަރުގެ ނަންތަކުގެ މައްޗަށް ކަމެވެ.

ފިލްމު އުފެއްދުމާ ގުޅުންހުރި މަސްދަރަކާ ހަވާލާދީ ބޮލީވުޑް ހަބަރުތައް ބުނެފައިވަނީ، އީޝާ މަލްވިޔާ އަދާކުރަނީ ލަވްލީގެ ދައުރު ކަމަށާއި ގައުހަރު އަދާކުރާނީ އޭނާގެ މަންމަ، ލޯލާގެ ދައުރު ކަމަށެވެ. މި ފިލްމު އަމާޒުކުރެވިފައި އޮންނާނީ މަންމައާއި ދަރިފުޅާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް ކަމަށްވެސް ހަބަރުތައް ބުނެއެވެ.

"މިހާރު މި ދަނީ ދެ ފިލްމު ޝޫޓް ކުރަމުން. އޭގެ ތެރެއިން އެއް ފިލްމަކީ ފައުޖީ 2، އަނެއް ފިލްމަކީ މިހާތަނަށް ސްކްރީނުގައި އަދާކޮށްފައިވާ އެންމެ ގަޔާވާ ކެރެކްޓަރުތަކުގެ ތެރެއިން އެއް ކެރެކްޓަރު، އެއީ ރަވީ އާއި ސަރުގުންގެ ޕްރޮޑަކްޝަން ހައުސްއާއެކު. މީހުން އެ ފިލްމު ބަލާފައި އަހަރެންނަށް ތައުރީފުކުރަން ގުޅާނެކަން ޔަގީން." އޭނާގެ މަސައްކަތާ ބެހޭގޮތުން ވާހަކަދައްކަމުން، ގައުހަރު ބުނެފައިވެއެވެ.