ޕްރައިމް ވީޑިއޯ އަދި އެކްސެލް އެންޓަޓެއިންމަންޓް ގުޅިގެން އުފައްދާ ފިލްމު "އަގްނީ"ގެ ޓްރެއިލާ އިއްޔެ ރިލީސްކޮށްފިއެވެ.
"އަގްނީ" އަކީ ހިންދީ ސިނަމާގެ ތާރީހުގައި އެ ބައެއްގެ ވާހަކަ މާބޮޑަށް ނުދައްކާ، އަލިފާން ނިއްވާ މީހުންގެ ހިތްވަރާއި މަސައްކަތުގެ ރޫހާއި އެ މީހުންގެ ގުރުބާނީތައް ދައްކައިދޭ ފިލްމެކެވެ.
ގައުމީ އިނާމު ލިބިފައިވާ ރާހުލް ދޯލާކިއާ ލިޔެ އަދި ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައިގަނޑު ރޯލުން ފެނިގެންދާނީ ޕްރަތީކް ގާންދީ އަދި ދިވްޔެންދޫއެވެ. މީގެ އިތުރުން މުހިންމު ރޯލުތަކުގައި ސައިޔާމީ ކޭރު، ސާއީ ތަމްހަންކަރު، ޖިތެންދްރަ ޖޯޝީ، އުދިތް އަރޯރާ އަދި ކަބީރު ޝާހު ފެނިގެންދާނެއެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ފިލްމު އިންޑިއާގެ އިތުރުން 240 އަށްވުރެ ގިނަ ގައުމުތަކާއި ސަރަޙައްދުތަކުގައި ހަމައެކަނި ޕްރައިމް ވީޑިއޯ މެދުވެރިކޮށް ޑިސެންބަރު 6 ވަނަ ދުވަހު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.