މުނިފޫހިފިލުވުން

އިންޑިއާގެ އެންމެ މަގުބޫލު އެކްޓަރުގެ މަގާމު ދެކުނު އިންޑިއާގެ އެކްޓަރަކަށް!

ދެކުނު އެކްޓަރު ޕްރަބާސް މިވަނީ "ކަލްކީ 2898 އޭޑީ" ގެ ކާމިޔާބީގެ ސަބަބުން ބޮޑު މަގުބޫލު ކަމެއް ހޯދައިފައެވެ. މި އެކްޓަރު ވަނީ ޝާހުރުކް ޚާން، ސަލްމާން ޚާން އަދި އައްލޫ އަރްޖުން ފަދަ ތަރީން ފަހަނައަޅައި، އިންޑިއާގެ އެންމެ މަގުބޫލު ފިރިހެން ފިލްމީ ތަރިއަށް ވެފައެވެ.

ބުދަ ދުވަހު، އޯމެކްސްއިން "އޯމެކްސް ސްޓާސް އިންޑިއާ ލަވްސް: އިންޑިއާގެ އެންމެ މަގުބޫލު ފިރިހެން ފިލްމީ ތަރިން (އޮކްޓޯބަރ 2024)" ގެ ލިސްޓު ނެރުނެވެ. އެ ލިސްޓުން އެއްވަނަ ހޯދީ ޕްރަބާސް އެވެ. އެކްޓަރު ވިޖޭ ވަނީ ދެވަނައިގައެވެ.

ގިނަ ދުވަސްތަކެއްވަންދެން ފިލްމަކުން ނުފެނި ހުރެފައި ބޮޑު ކަމްބެކް އެއް ދިން ޝާހަށް ލިބުނީ މި ލިސްޓުގެ ތިންވަނަ އެވެ.

އޯމެކްސްގެ ލިސްޓު

"ޕުޝްޕާ 2: ދަ ރޫލް" ގައި ފެނިގެންދާނެ އެކްޓަރު އައްލޫ އަރްޖުން އަށް މި ލިސްޓުގެ ހަވަނަ ލިބިފައިވެއެވެ.

ޕްރަބާސް އެންމެ ފަހުން ފެނިފައިވަނީ ނާގް އަޝްވިންގެ "ކަލްކީ 2898 އޭޑީ" ގައެވެ. މި ފިލްމުގައި މައިގަނޑު ރޯލުތަކުގައި ދީޕިކާ ޕަދުކޯން، އަމީތާބް ބައްޗަން އަދި ކަމަލް ހަސަން ވެސް މުހިންމު ރޯލުތަކުން ފެނެއެވެ. މި ފިލްމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 1000 ކްރޯޑު ރުޕީސްއަށްވުރެ ބޮޑު އާމްދަނީއެއް ހޯދިއެވެ.