މުނިފޫހިފިލުވުން

ޝްވޭތާ ކައިވެނި ކުރީތަ؟ މި ފޮޓޯ ތަކުގެ ފަހަތުގައިވާ ހަގީގަތް

ޝްވޭތާ ތިވާރީގެ ފޭނުންނަށް ދާދި ފަހުން މި ވަނީ ކުއްލި ހައިރާންކަމެއް ލިބިފައެވެ. އެއީ ވިޝާލް އަދީއްޔާ ސިންގް އާއި ކައިވެނި ކުރާ ކަމަށް ބުނާ ފޮޓޯތަކެއް ވައިރަލް ވުމުންނެވެ.

އެ ތަސްވީރުތަކުގައި އެ ދެމީހުން ތިބީ ގުޅޭ، ރަތް އަދި ހުދު ހެދުމުގައި ކައިވެނި ކުރާ ކޯޓުގައެވެ. އެ ތަސްވީރުތަކުގެ ސަބަބުން ޝްވޭތާ ތިން ވަނަ ކައިވެންޏެއް ކުރިކަމަށް ޝައްކުތައް އުފެދެންފެށިއެވެ.

ނަމަވެސް މިހާރު ޝްވޭތާ ވަނީ، ވިޝާލް އާ ކައިވެނި ކުރާ ކަމަށް ފެންނަ ވައިރަލް ފޮޓޯތަކަކީ ފޭކް ފޮޓޯތަކެއް ކަން ކަށަވަރުކޮށްދީފައެވެ. އެ ތަސްވީރުތައް ޑިޖިޓަލްކޮށް ބަދަލުކޮށްފައިވާއިރު، އަސްލު ތަސްވީރުތަކަކީ ބަތަލާ ސްވަރާ ބާސްކާރާއި ސިޔާސީ ބޭފުޅެއް ކަމަށްވާ ފަހުދު އަހުމަދާއި އެކު ކުރި ކައިވެނީގެ ތަސްވީރުތަކެކެވެ.

ޝްވެތާ އާއި ވިޝާލް އެންމެ ފުރަތަމަ ގުޅިފައިވަނީ ޚަތުރޯން ކޭ ކިލާޑީ 11 ގެ ސެޓްތަކުން ކަމަށްވެއެވެ. އެމީހުންގެ ގާތް އެކުވެރިކަމަށް އަލިއަޅުވައިލަމުން ޝްވޭތާ ބުނީ ލޯބިން ވިޝާލް އަށް ނިސްބަތް ކުރަނީ އޭނާގެ ދަރިފުޅުގެ ގޮތުގައި ކަމަށެވެ.

މީގެ ކުރިން ޝްވޭތާ ކައިވެނި ކުރީ ބޮޖްޕޫރީ އެކްޓަރު ރާޖާ ޗައުދަރީއާ އެވެ. 2007 ވަނަ އަހަރު އެ ދެމަފިރީން ވަކިވިއިރު، އަންހެން ދަރިޔަކު ވަނީ ލިބިފައެވެ. ފަހުން އަބިނާވް ކޯލީ އާ ކުރި ކައިވެނިވެސް ވަނީ ރޫޅިފައެވެ.