އުފާވެރިކަމާއި، ހިނިތުންވުމާއި އަދި ހަމަނުޖެހުން އެކުލެވިގެންވަނީ "ހައުސްފުލް" ގެ އޮން ސްކްރީންގެ ދުނިޔޭގައެވެ. މި ހުރިހާ އެއްޗެއް އެއް ލަވައެއްގައި ހިމަނައިފިނަމަ ކިހިނެއް ހެއްޔެވެ؟ އެހެންވެއްޖެނަމަ ލިބޭނީ "ހައުސްފުލް 5" ގެ ކުރިއަށް އޮތް ޝެޑިއުލްއެވެ. މިއީ އެމީހުން ބުނާ ގޮތެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ޑައިރެކްޓަރު ތަރުން މަންސުޚާނީ މި ވަނީ ފިލްމުގެ ހުރިހާ އެކްޓަރުން ފެންނާނެހެން ލަވައެއް އުފައްދަން ތައްޔާރުވެފައެވެ. މި ލަވައިގައި އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުކް، ފަރުދީން ޚާން، ޖެކުލީން ފަރުނާންޑޭޒް، އަދި ނަރުގިސް ފަޚްރީ ހިމެނޭގޮތަށް - އެކުގައި ޑާންސްކުރާނެ އެވެ. މި ލަވަ ނަގާނީ އަންދޭރީގެ ޗިތްރަކޫޓް ގްރައުންޑްސްގައި ތިން ރެއަށް ބަހާލައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
"މިއީ ފާއިތުވި 14 އަހަރު ތެރޭގައި މި ފްރެންޗައިޒް ކުރި ދަތުރު ފާހަގަކުރުމުގެ ގޮތުން ރޭވިފައިވާ ލަވައެއް. މިއީ ވަރަށް ބޮޑުކޮށް ތައްޔާރުކުރެވޭ ލަވައަކަށް ވެގެންދާނެ، ބޮޑެތި ސެޓްތަކާއި، ތަފްސީލީ ހެދުންތަކާއި، އަދި ކާސްޓުންގެ މެދުގައި އޮތް ގުޅުމާއި މަޖާކަން ފާހަގަކޮށްދޭ ކޮރިއޯގްރަފީ ހިމެނޭނެ. މިއީ ނޮވެމްބަރު 21 އިން 23 އަށް ކުރިއަށްދާނެ ރޭގަނޑުގެ ޝޫޓްތަކެއް." ލަވައާ ބެހޭ ގޮތުން މައުލޫމާލު ހިއްސާކުރި ފަރާތުން ބުނެފައިވެއެވެ.
މި ލަވައަށް 100 އަށްވުރެ ގިނަ ބެކްގްރައުންޑް ޑާންސަރުން ވަނީ ހޯދައިފައެވެ. ލަވައިގެ ކޮރިއޯގްރަފީ ހަދަނީ ރެމޯ ޑިސޫޒާ އެވެ. ކާސްޓުން އިއްޔެ ރިހާސަލް ފަށާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.