އަކްޝޭ ކުމާރާ އެކު ޕްރޮޖެކްޓެއް ކުރިޔަށް ގެންދާން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ޕްރޮޑިއުސަރު އަދި ޑައިރިކްޓަރު އަޖޭ ދޭވްގަން ބުނެފިއެވެ.
މި ޕްޖެކްޓުގެ ތަފްސީލު އިއުލާނުކުރުމަށް ރޭވިފައިވަނީ ފަހުން ކަމަށްވެސް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ.
މި ފިލްމު އަޖޭ ޑައިރެކްޓުކުރާއިރު، އަކްޝޭ މުހިންމު ރޯލެއް އަދާކުރާނެ ކަމަށާއި އިތުރު ތަފްސީލު ހޯދުމަށް ނޫސްވެރިން އެދުމުން، އަކްޝޭ ވަނީ މަޖަލަކަށް ހަދައި ސްކްރިޕްޓެއް ފޮނުވާލަދިނުމަށް އެދިފައި ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ. އަޖޭ ބުނި ގޮތުގައި އަދިވެސް އިތުރު މައުލޫމާތު ހިއްސާކުރަން އަވަސް ކަމަށާއި އަދި އެކަމާ ބެހޭ ގޮތުން ފަހުން ވާހަކަދައްކާނެ ކަމަށެވެ.
އަކްޝޭ އާއި އަޖޭ އެންމެ ފަހުން އެކުގައި ފެނިގެންގޮސްފައި ވަނީ ރޯހިތު ޝެޓީގެ "ސިންގަމް އަގެއިން" އިންނެވެ. އެ ފިލްމުގައި އަޖޭ މައި ދައުރު އަދާކުރިއިރު، އަކްޝޭ ވަނީ ހާއްސަ ފެނިލުމެއްގައި ފެނިފައެވެ. މި ފިލްމުގައި ކަރީނާ ކަޕޫރު، ރަންވީރު ސިންގް، ދީޕިކާ ޕަދުކޯން، އަދި ޓައިގަރ ޝްރޮފް މުހިންމު ރޯލުތަކުން ފެނިފައިވެއެވެ.