އައިކޮނިކް ފިލްމު ޝަކްތިމާން، ކާތިކް އާރްޔާން އަށް ހުށަހަޅައިފިއެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން، ކާރްތިކް މި ހުށަހެޅުމަށް އަދި ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ.
މިއީ ވަރަށް ފޯރިގަދަ ހަބަރެކެވެ. އެއީ ކާރްތިކްއަކީ މިހާރުވެސް ފޭނުން އެންމެ ލޯބިވާ އެއް އެކްޓަރުކަމަށް ވެފައި ވެފައި، ބޮކްސް އޮފީހުގައިވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ މީހެއް ކަމަށްވާތީއެވެ. އޭނާ ފުރަތަމަ ފަހަރަށް ސުޕަ ހީރޯއެއްގެ ދައުރު އަދާކުރާތަން ފެނުމަކީވެސް މަޖާވާނެ ކަމެއްކަމަށް ފޭނުން ދެކެއެވެ.
ޝަކްތިމާން ފިލްމުގެ މައިގަނޑު ރޯލަށް ރަންވީރު ސިންގް ކާސްޓްކުރެވޭނެ ކަމުގެ އަޑުތަކެއް ފުރަތަމަ ފެތުރުނެވެ. އެހެންނަމަވެސް، ފުރަތަމަ ޝޯގެ އަސްލު ޝަކްތިމާން، މުކޭޝް ކަންނާ ވަނީ ރަންވީރަށް އެރޯލު ދޭން ބޭނުން ނުވާކަމަށް ބުނެފައެވެ. އޭގެ ސަބަބެއް ކަމަށް ދެއްކީ އެކްޓަރުގެ "އިމޭޖް" އެވެ. އެއަށްފަހު ޓައިގާ ޝްރޮފް އަށް މި ރޯލު ހުށަހެޅުމުން މުކޭޝް އެ ހިޔާލުވެސް ދޫކޮށްލައި، ބުނެފައިވަނީ ޓައިގާއަކީ "ކުޑަކުއްޖެއް” ކަމަށެވެ.