ފިލްމީ ތަރިންނާއި މަޝްހޫރު ޝަހުސިއްޔަތުންނަކީ ކޮނޑުގައި އެތައް ޒިންމާތަކެއް އެޅިފައިވާ ބަޔެކެވެ. އެމީހުންގެ އެތައް މިލިއަން ފޭނުންނެއްގެ ކުރިމަތީގައި އެމީހުން ކުރާ ކަންތައްތަކާއި ބުނާ ބަހުގެ އަގު ހިފަހައްޓަން ޖެހޭ ބައެކެވެ.
އިންޑިއާގައި ވަރަށް ފަހުން ހެދި ސާވޭ އަކުން ދެއްކި ގޮތުގައި ފިލްމީ ތަރިންގެ ތެރެއިން އެންމެ އިތުބާރު ކުރެވޭ އެއް ބަތަލަކީ އަމީތާބް ބަޗަންއެވެ. އަދި ބަތަލާއަކީ ދީޕިކާ ޕަޑުކޯންއެވެ.
ދީޕިކާ ޕަޑުކޯން
ކެޓްރީނާ ކައިފް
މަދުރީ ޑިކްސިޓް
އާލިޔާ ބަޓް
ކާޖޮލް
އަމީތާބް ބަޗަން
އާމިރު ޚާން
ސަލްމާން ޚާން
އަކްޝޭ ކުމާރު
ޝާހުރުކް ޚާން
މި ލިސްޓުގައި ވަނީ ސައުތް އިންޑިއަން ތަރިންވެސް ހިމެނިފައެވެ. އެގޮތުން ލެޖެންޑަރީ ތަރި ރަޖްނީކާންތް ވަނީ ސައުތް އިންޑިއަން ތަރިންގެ އެންމެ އިތުބާރު ހުރި ޝަހުސިއްޔަތުގެ ލިސްޓުގެ އެންމެ ކުރީގައެވެ. އެއަށް ފަހު ވިޖޭ އާސި ވިކްރަމް ހިމެނެއެވެ.
ރިޕޯޓް ގައި 39 ޝަހުސިއްޔަތުން އެކި ދާއިރާތަކުންވަނީ ހޮވާލައިފައެވެ. އޭގެ ތެރޭގައި ސިނެމާ އާއި ކުޅިވަރާއި ވިޔަފާރި ހިމެނެއެވެ. މި ރިސާޗް ހަދައިފައިވަނީ 16 އަވަށަކުން 2315 މީހުންގެ މެދުގައެވެ.
ލިސްޓުގައި ހިމެނިފައިވާ އެހެން ބައެއް މުހިންމު ޝަހުސިއްޔަތުންގެ ތެރޭގައި ރަންވީރު ސިންގް، އަޖޭ ދޭވްގަން، ރިތިކް ރޯޝަން، ސަންޖޭ ދަތް އަދި ނާނާ ޕަޓޭކަރު ހިމެނެއެވެ. މީގެ އިތުރުން އައިޝްވަރިޔާ ރާއީ އާއި ޕްރިޔަންކާ ޗޯޕްރާ އާއި ލާރާ ދައްތާ އާއި ކަރީނާ ކަޕޫރު، ޝްރައްދާ ކަޕޫރު ގެ އިތުރުން ސަނީ ލިއޯން ހިމެނެއެވެ.
ކުޅިވަރު ޝަހުސިއްޔަތުންގެ ތެރޭގައި ވިރާތް ކޯލީ، ސަޗިން ޓެންކުލްކަރު އަދި ރޯހިތް ޝަރުމާ އުޅެނީ އެންމެ ކުރީގައެވެ.