އަމީނިއްޔާ ސްކޫލް

ޖަލުތަކުގެ ލައިބްރަރީއަށް އަމީނިއްޔާ ސްކޫލުން ފޮތް ހަދިޔާ ކޮށްފި

މަރިޔަމް ޝަހުދާ

ޖަލުތަކުގެ ލައިބްރަރީއަށް އަމީނިއްޔާ ސްކޫލުން ފޮތް ހަދިޔާ ކޮށްފި އެވެ.

މިއަދު ފެށި ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް ކުރިޔަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގެ ނިޔަލަށް އަމީނިއްޔާ ސްކޫލްގެ ހޯލްގައި ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

ޖަލުތަކުގެ ލައިބްރަރީއަށް އަމީނިއްޔާ ސްކޫލުން ފޮތް ހަދިޔާ ކުރީ މިއަދު އަމީނިއްޔާ ސްކޫލްގައި މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި ޕްރޮގްރާމުގެ ތެރެއިން ފޮތް ހަދިޔާކުރުމުގެ ފުރުސަތު އޮންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 ން 15:00 އަށް، އަދި ރޭގަނޑު 21:00 ން 23:00 އަށެވެ. ހުކުރު ދުވަހު ރޭގަނޑު 21:00 ން 23:00 އަށެވެ.

މި ޕްރޮގްރާމް ނިމުމުން ވެސް ދާއިމީގޮތެއްގައި ފޮތް ހަދިޔާ ކުރުމުގެ އިންތިޒާމް ހަމަޖައްސަވާނެކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބުދުﷲ މުނާޒް މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވިއެވެ.