މުނިފޫހިފިލުވުން

ސްކައި ފޯސްއާ ނިމްރަތު ގުޅެނީތަ؟

ނިމްރަތު ކައުރަކީ އިންޑިއާގެ ސިނަމާގައި އެންމެ ފާހަގަކޮށްލެވޭ އެއް އަންހެން ތަރިއެވެ. އޭނާގެ ފަހުރުވެރި މަސައްކަތުގެ ދާއިރާގައި ވަނީ އެކި ބާވަތުގެ ރޯލު އަދާކޮށް، އާންމު ގޮތްތަކުން ބޭރުވެ، ހުނަރު ދައްކުވައިދީފައެވެ.

އަންނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ 'ސްކައި ފޯސް' ފިލްމުގައި އަކްޝޭ ކުމާރާއެކު ނިމްރަތު ބައިވެރިވާން ތައްޔާރުވަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމުގައި ނިމްރަތު މުހިންމު ދައުރެއް އަދާކުރާނެ އެވެ. މިކަމުން ފިލްމުގެ ހަލުވިކަން އިތުރުވެ، ފިލްމުގެ ވާހަކައަށް އިތުރު ފުންމިނެއް ގެނެސްދޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

'އެއާލިފްޓް'، 'ދަސްވީ'، 'ދަ ލަންޗްބޮކްސް'، 'ސަޖީނީ ޝިންދޭ ކާ ވައިރަލް ވީޑިއޯ' އަދި އެހެނިހެން ފިލްމުތަކުގައި ނިމްރަތު ވަނީ ފާހަގަކޮށްލެވޭ ފަދަ ޕާފޯމަންސްތަކެއް ދައްކުވައިދީފައެވެ.

'ސްކައި ފޯސް' އަކީ ނަން މަޝްހޫރު ފިލްމް ހަދާ ފަރާތްތަކެއް ކަމުގައިވާ އަބީޝެކް އަނިލް ކަޕޫރު އަދި ސަންދީޕް ކެވްލާނީ ކުރިއަށް ގެންދާ ހަނގުރާމައިގެ ފިލްމެކެވެ. ނިމްރަތު ކައުރު މި ފިލްމުގައި ބައިވެރިވާ ކަމުގެ ވާހަކަތައް ތެދުވެއްޖެނަމަ، އޭނާ ފެނިގެންދާނީ މަގުބޫލު ސްޓާރުންކަމުގައިވާ ސާރާ އަލީ ޚާނާއި ވީރު ޕަހަރިޔާއާވެސް އެކުގައި އެެއް ސްކްރީނަކުންނެވެ. ސްކައި ފޯސް ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 24 ޖަނަވަރީ 2025 ގައެވެ.