ދ. ވަނީގައި ފުލުހުން ތަމްރީނުކުރުމަށް ހާއްސަކޮށްފައިވާ ފުލުހުންގެ ޓްރެއިނިންގް ސްކޫލަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ދެއްވައިފިއެވެ.
މި ހިލޭއެހީގެ ފައިސާއަކީ އިންޑިއާ ސަރުކާރުން ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ އެކި ޕްރޮޖެކްޓުތައް ހިންގުމަށް ދެއްވާފައިވާ 100 މިލިއަން ރުފިޔާގެތެރެއިން ވާނީގައި ހުންނަ ފުލުހުންގެ ޓްރެއިނިންގް ސްކޫލަށް ދެއްވާފައިވާ ފައިސާއެވެ. އިންޑިއާ ސަރުކާރުން ދެއްވާފައިވާ 100 މިލިއަން ރުފިޔާގެ ތެރެއިން ވާނީގައި ހުންނަ ފުލުހުންގެ ޓްރެއިނިންގް ސްކޫލަށް ދެއްވާފައިވަނީ 7 މިލިއަން ދިވެހި ރުފިޔާއެވެ.
ވާނީގައި ހުންނަ ފުލުހުން ތަމްރީނުކުރުމަށް ހާއްސަ ޓްރެއިނިންގް ސްކޫލަކީ ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނާއި ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާކުރުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން އިތުރުކުރުމަށް އެކި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންދާ ތަނެކެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް އެއްބަސް ވެފައިވަނީ މިއަހަރުގެ މާޗްމަހުގެ ތެރޭގައެވެ.