މުނިފޫހިފިލުވުން

"ތެރޭ އިޝްކް މޭ" އަށް ކްރިތީ ތައްޔާރުވާން ފަށައިފި

ކްރިތީ ސެނޯން އަންނަނީ މި އަހަރު އޭނާގެ މަގުބޫލުކަން ދަމަހައްޓަމުންނެވެ. އޭނާގެ ފާހަގަކޮށްލެވޭ ޕާފޯމަންސްތަކުގެ ސިލްސިލާގެ ސަބަބުން ބޮލީވުޑްގެ އެންމެ ހުނަރުވެރި އަދި ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ވަނީ ހިމެނިފައެވެ.

މި އަހަރު އޭނާގެ ފާހަގަކޮށްލެވޭ މަސައްކަތްތައް އަދި ނިމުމަކަށް އައިސްފައެއް ނުވެއެވެ. މިހާރު އޭނާ އަންނަނީ ފޭނުން ވަރަށް ބޮޑަށް އިންތިޒާރުކުރާ ފިލްމެއް ކަމަށްވާ "ތެރޭ އިޝްކް މޭ" އަށް ތައްޔާރުވަމުންނެވެ. އާނަންދް އެލް ރާއީ ޑައިރެކްޓްކުރާ މި ފިލްމަކީ 2024 ވަނަ އަހަރު ކްރިތީގެ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަށް ވާނެކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ.

"ތެރޭ އިޝްކް މޭ" ގައި ކްރިތީ ސްކްރީނު ހިއްސާކުރާނީ ދަނުޝްއާ އެކުގައެވެ.

މި ފިލްމުގެ ޕްރޮޑަކްޝަން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުއެވެ. އަދި ސިނަމާތަކުގައި ދެއްކުމަށް ރޭވިފައިވަނީ 2025 ގައެވެ. "ތެރޭ އިޝްކް މޭ" އަށް މިހާރުވެސް ވަރަށް ބޮޑަށް ފޭނުން އަންނަނީ އިންތިޒާރު ކުރަމުންނެވެ. ހިމާންޝު ޝަރްމާ އަދި ނީރަޖް ޔާދަވް ލިޔެފައިވާ މި ފިލްމު އުފައްދަނީ ކަލަރ ޔެލޯ ޕްރޮޑަކްޝަންސްގެ ދަށުންނެވެ.