ވިޔަފާރި

"ރޯދަ މޮމެންޓްސް"ގެ ނަމުގައި ފޮޓޯ ނެގުމުގެ މުބާރާތެއް ފަށައިފި

އަލީ އިހްސާން

"ރޯދަ މޮމެންޓްސް" ނަމުގައި ފޮޓޯ ނެގުމުގެ މުބާރާތެއް ފަށައިފިއެވެ.

ދިރާގާއި ސެމްސަންގ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގައި އިންސްޓަގްރާމް، ފޭސްބްކް ނުވަތަ ޓުވިޓާ މެދުވެރިކޮށް، (RoadhaMoments#) ރޯދަ މޮމެންޓްސް ހޭޝްޓެގް ޖެއްސެވުމަށްފަހު ރޯދަ މަހުގެ އެކިއެކި މަންޒަރުތައް ހިއްސާކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ފޮޓޯ ހިއްސާކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއެކު ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ސެމްސަންގްއިން އަލަށް ތައާރަފްކުރި އޭ-އެއިޓީ ފޯނެއް ލިބޭނެ ކަމަށާއި މި ފޯނުގެ އެންމެ ހާއްސަ ކަމަކީ މި ފޯނުގެ ރޮޓޭޓްވާގޮތަށް ފަރުމާކޮށްފައިވާ 48 މެގަޕިކްސަލް ކެމެރާ ކަމަށް ދިރާގުން ބުނެއެވެ. މިމުބާރާތް ކުރިއަށްދާނީ ޖޫންމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކަމަށް ދިރާގުން ބުނެއެވެ.

މިދިޔަ އަހަރު ހަމައެކަނި އިންސްޓަގްރާމްގައި ކުރިއަށް ގެންދިޔަ ނަމަވެސް މިއަހަރު މިމުބާރާތް އިންސްޓަގްރާމްގެ އިތުރުން ފޭސްބްކް އަދި ޓުވިޓާގައިވެސް ކުރިއަށް ގެންދާނެކަމަށް ދިރާގުން ބުނެއެވެ.