ވިޔަފާރި

ޗެންނާއި އަށް ދަތުރު ކޮށްލުމަށް ހާއްސަ ޕެކޭޖެއް މޯލްޑިވިއަން ހޮލިޑޭސް އިން ތައާރަފްކޮށްފި

މަރިޔަމް ޝަހުދާ

އިންޑިއާގެ ޗެންނާއި އަށް ދަތުރު ކޮށްލުމަށް ހާއްސަ ޕެކޭޖެއް މޯލްޑިވިއަން ހޮލިޑޭސް އިން ތައާރަފްކޮށްފިއެވެ.

އަންނަ ޖޫންމަހުގެ ވިހީގެ ނިޔަލަށް ޓިކެޓު ގަނެވޭ އަދި 30 ޖޫންގެ ނިޔަލަށް މި ޓިކެޓުގައި ދަތުރުކުރެވޭ މި ޕްކޭޖުން 2 މީހަކަށް 675 ޑޮލަރަށް ޗެންނާއި އަށް ދެވެއެވެ. މިއީ 3 ރޭގެ ހުރުމާއި އެކުކަމަށް މޯލްޑިވިއަން ހޮލިޑޭސްއިން މައުލޫމާތު ދިނެވެ.

މި ޕެކޭޖް، މޯލްޑިވިއަން ހޮލިޑޭސް އިން ތައާރަފް ކޮށްފައިވަނީ މިއަދުއެވެ.