މުނިފޫހިފިލުވުން

ސިންގަމް އަގެއިން އަށް 125 ކްރޯޑް، ބޫލް ބުލައްޔާ3 އަށް 100 ކްރޯޑް ލިބިއްޖެ

އަޖޭ ދޭވްގަން، ކަރީނާ ކަޕޫރު، އަކްޝޭ ކުމާރު، ރަންވީރު ސިންގު އަދި ދީޕިކާ ޕަޑުކޯން ފަދަ ތަރީން ހިމެނޭ އެކްޝަން ފިލްމު ސިންގަމް އަގެއިން އަންނަނީ ބޮކްސް އޮފީހުގައި ރަން ދުވަސްތަކެއް ހޭދަކުރަމުންދެއެވެ. މި ފިލްމުން ހަމައެކަނި ދެ ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 125 ކްރޯޑު ރުޕީސްއަށް ވުރެ ގިނަ ފައިސާ ހޯދާފައިވެއެވެ.

ހަމަ މިއާއެކު ކާތިކް އާރްޔަން މައިގަނޑު ދައުރު އަދާކުރާ ބިރުވެރި-ހެއްވާ ފްރެންޗައިޒްގެ އެންމެ ފަހުގެ ބައި ދުނިޔޭގެ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއަކާއެކު ފެށިގެން އެބަދެއެވެ. ފަހުގެ ރިޕޯޓުތަކުގައިވާ ގޮތުން، ބޫލް ބުލައްޔާ 3 ވަނީ ނެރުނުތާ ދެ ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 ކްރޯޑް ރުޕީސްގެ މާކް ފަހަނައަޅާފައެވެ.

ސިންގަމް އަގެއިން އަދި ބޫލް ބުލައްޔާ 3 ވެސް ރިލީޒްކުރީ ހުކުރު ދުވަހު (ނޮވެމްބަރު 1) ދިވާލީއާ ދިމާކޮށެވެ. މިދެ ފިލްމަކީ ވަރަށް ބޮޑަށް އިންތިޒާރުކުރެވުނު ބޮކްސް އޮފީސް ވާދައެކެވެ. ސިންގަމް އަގެއިން އަންނަނީ މި ވާދަ ކާމިޔާބުކުރަމުންނެވެ. ބޫލް ބުލައްޔާ 3 ގެ ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު އާމްދަނީއަކީ 107 ކްރޯޑް ރުޕީސްއެވެ.

އިންޑިއާގައި ސިންގަމް އަގެއިންގެ ޕާފޯމަންސާ ބެހޭގޮތުން ބުނާނަމަ، ޖުމުލަ ސާފު ފައިދާ ވަނީ 86 ކްރޯޑު ރުޕީސްއަށް އަރާފައެވެ.

ހިންދުސްތާން ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުން، ސިންގަމް އަގެއިންގެ ދެވަނަ ހާފް ވަރަށް ވަރުގަދައެވެ. އަދި މީގައި ހިމެނޭ ހާއްސަކޮށް ރަންވީރު ސިންގު ފަދަ ތަރީންގެ ޕާފޯމަންސްތައް ވަރަށް ފުރިހަމައެވެ.

ކާތިކްގެ ބޫލް ބުލައްޔާ 3 ޑައިރެކްޓްކޮށްފައިވަނީ އަނީޒް ބަޒްމީ އެވެ. އޭނާ ވަނީ މީގެ ކުރިން ބޫލް ބުލައިްޔާ 2 ގައިވެސް މި ފިލްމް މޭކަރާ އެކު މަސައްކަތްކޮށްފައެވެ. އެ ފިލްމުގައި ކިއާރާ އަދްވާނީ، ތާބޫ އަދި އެހެން ތަރީން ބައިވެރިވިއެވެ.