ފެޝަން

ކޭންސް 2019: މި ގައުނުގައި ސޯނަމް ހީވަނީ ފަހުގެ މަހާރާނީއެއްހެން

ކޭންސް 2019 އަށް ބޮލީވުޑްގެ ގިނަ ބަތަލާއިން ބައިވެރިވެ އެމީހުންގެ ހެދުންތައް ދައްކާލާފައިވާއިރު، މިވަގުތު ފެސްޓިވަލުގައި އެންމެ ވިދާލަނީ ބަތަލާ ސޯނަމް ކަޕޫރެވެ.

އެއާޕޯޓުންފެށިގެން ރެޑް ކާޕެޓާ ހަމައަށް ސޯނަލް ލާފައިވާ ހެދުންތައް ކަމުގޮސްގެން ގިނަ ބަޔަކު އަންނަނީ އޭނާ ފޮލޯ ކުރަމުންނެވެ.

ސޯނަމް އެއާޕޯޓުން ފެނުނުއިރު ހުރީ ކެޝުއަލް ޕޭންޓްސް އަދި ދިގު ޖެކެޓެއްގައެވެ. ސޯނަމް ކޭންސްގައި ބައިވެރިވުމަށް ދިޔައީ އޭނާގެ ދައްތަ ރިއާ ކަޕޫރާއެސް އެކުގައެވެ.

ކޭންސްގައި ސޯނަމް ވަނީ ވަރަށް ނަލަ ހެދުންތަކެއް ދައްކާލާފައެވެ. އެގޮތުން ރަތް ކުލައާއި މިޑް ނައިޓް ބްލޫގެ ދެ ހެދުމެއްގައިވެސް ސޯނަމް ވަނީ ފެނިގެން ގޮސްފައެވެ.

އެންމެގެ ވެސް ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ޗޮޕާޑް ޕާޓިއަށް ސޯނަމް ލާފައިވާ ގައުނަށެވެ. އަބޫ ޖާނީ އަދި ސަންދީޕު ކޯސްލާ ޑިޒައިންކޮށްފައިވާ އެ ގައުނުގައި ސޯނަމް ހީވަނީ ފަހުގެ މަހާރާނީއެއް ހެނެވެ.

ފެޝަން ކްރިޓިކްސް ބުނާ ގޮތުގައި މަހަރާނީ ލުކް އަށް މޮޑާން ކަމެއް ގެނެސް ހެދުމުގެ ކަރުން ހާރެއްހެން ކަރުގައި އެޅިފައިވާތީ އެ ހެދުން ވަރަށް ކަމުދާކަމަށެވެ. އަދި އެއަށް ކޮމާންޑެޑްގެ ގޮތުގައި މާކްސް ލިބިގެންދާ ކަމަށްވެސް ކްރިޓިކްސް އިން ބުނެއެވެ. އަދި ސޯނަމް ގެ މުޅި ލުކްވެސް ވަރަށް ފުރިހަމަ ކަމަށް އޭނާގެ ފޭނުންވެސް ވަނީ ބުނެފައެވެ.