ވަގަށްނަގާފައިވާ ދެބަސްތާ ކާށީގެ ވެރިފަރާތެއް ފުލުހުން ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދެ ބަސްތާ ކާށި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އެތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވީމާ އެ ދެ ބަސްތާ ކާށީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ކާށި ބަސްތާތަކާ ހަވާލުވެލެއްވުން އެދޭ ކަމަށްވެސް ފުލުހުން ބުނުފައިވެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުން އަންނަ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.