އެންސްޕާގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މަހިބަދޫ ދާއިރާގެ ކުރީގެ މެމްބަރު ރުގިއްޔާ މުހައްމަދު (ރުގީ) އައްޔަންކުރައްވައިފިއެވެ.
އެންސްޕާގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަންކުރެއްވި ރުގީ މިހާރު ވަނީ މަސައްކަތަށް ވެސް ނުކުންނަވަން ފައްޓަވައިފައެވެ.
ދެހާސް ނުވަވަނަ އަހަރު މަހިބަދޫ ދާއިރާގެ މެމްބަރަކަށް އިންތިހާބުވެވަޑައިގެންނެވި ރުގީ ވަނީ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރައްވައިފައެވެ.
ރުގީއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އާއިލީ ބޭފުޅެކެވެ. އަދި އޭނާއަކީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުގެ އަނބިކަނބަލުންނެވެ.