މުނިފޫހިފިލުވުން

ސްޕައިޑަމޭން 4 2026 ގައި ނެރެނީ

އެކްޓަރު ޓޮމް ހޮލޭންޑްގެ 'ސްޕައިޑަރ-މޭން' އަނބުރާ ސިނަމާތަކަށް ގެނައުމަށް ތައްޔާރުވަމުން އެބަދެއެވެ. ވެރައިޓީ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމަށް އަދި ނަން ކިޔާފައެއް ނުވެއެވެ. އެހެން ނަމަވެސް ރިލީސްކުރަން ހަމަޖައްސާފައިވަނީ 24 ޖުލައި 2026ގައެވެ.

ކޮލަމްބިއާ ޕިކްޗަރސްގެ މި ޕްރޮޖެކްޓް ޑައިރެކްޓްކުރާނީ ޑެސްޓިން ޑޭނިއަލް ކްރެޓަން އެވެ. މި ފިލްމު ރިލީޒްކުރާނީ 1 މެއި 2026 ގައި ރިލީޒްކުރާ "އެވެންޖަރސް: ޑޫމްސްޑޭ" ގެ ދެ މަސް ފަހުންނެވެ.

ދަ ޓުނައިޓް ޝޯ ސްޓާރިން ޖިމީ ފެލަންގައި ބައިވެރިވި ޓޮމް ހޮލޭންޑް ވަނީ ހަތަރުވަނަ "ސްޕައިޑަރ-މޭން" ފިލްމުގެ ޕްރޮޑަކްޝަން 2025 ގެ މެދުތެރޭގައި ފެށޭނެކަން މީގެކުރިން ކަށަވަރުކޮށްދީފައެވެ.

"ކުރިއަށް އޮތް އަހަރުގެ ހޫނު މޫސުމުގައި ފިލްމު ޝޫޓުކުރަން ފަށާނަން. ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް، ތައްޔާރީތައް ހުރީ ގާތްގަނޑަކަށް ނިމިފަ،" ހޮލޭންޑް ދާދި ފަހުން ބުންޏެވެ.

ޓޮމް ހޮލޭންޑް ވަނީ ކުރިން ޕީޓާ ޕާކަރގެ ދައުރުގައި ތިން ސްޕައިޑަރ-މޭން ފިލްމެއްގައި ފެނިފައެވެ. މި ތިން ފިލްމަކީވެސް ޖޮން ވޯޓްސް ޑައިރެކްޓްކުރި ފިލްމުތަކެކެވެ. އެއީ ސްޕައިޑަރ-މޭން: ހޯމްކަމިން (2017)، ސްޕައިޑަރ-މޭން: ފާރ ފްރޮމް ހޯމް (2019)، އަދި ސްޕައިޑަރ-މޭން: ނޯ ވޭ ހޯމް (2021) އެވެ.