ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 71 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނީއްކަ ލިބޭކަމުގެ މައުލޫމާތު މިމަހުގެ ދިހަވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެމައްސަލަ ހުށަހެޅުމާއެކު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލި ބެލުމުން، އެމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކީ ކުއްޖާގެ 13 އަހަރުގެ ބޭބެއާއި 16 އަހަރުގެ ބޭބެއިން ކަމަށް ފުލުހުން ބުންޏެވެ.
އެމައްސަލަ ތަހުގީގު ކުރަމުންދަނިކޮށް ކުއްޖާގެ މަންމަގެ ލޯބިވެރިޔާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ބައެއް ފަރާތްތަކުން ވަނީ ވާހަކަ ދައްކާފައެވެ.
އެމައްސަލަ ކުރިމަތިވުމާއެކު ކުއްޖާއަށް ވަނީ ހިމާޔަތް ދީފައެވެ.