ބޮލީވުޑް

ޝާޚްގެ ފިލްމު ޒީރޯގެ ޓްރެއިލަރ ނޮވެމްބަރު ދޭއް ގައި

ޝާހުރުކް ޚާންގެ ފިލްމް ޒީރޯ ގެ ޓީޒާ މި އަހަރު ކުރީކޮޅު ނުކުތުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ފިލްމަށް އިންތިޒާރު ކުރަމުންނެވެ.

ފިލްމްގެ ޓީޒާ އީދާ ދިމާކޮށް ނެރެފައިވާއިރު، ޝާހު އާ އެކީ ސަލްމާންގެ ފެނިލުން ވެގެން ގޮސްފައިވަނީ ފިލްމަށް އޮތް ޝައުގުވެރިކަން އިތުރުވެގެން ދިޔަ ކަމަކަށެވެ. މި ފިލްމްގެ ޓްރެއިލަރ ޝާހުގެ އުފަންދުވަސް ކަމުގައިވާ ނޮވެމްބަރު ދެވަނަ ދުވަހު ނެރެން މިހާރު ވަނީ ހަމަޖެހިފައެވެ.

ޒީރޯގެ ޓީޒާ

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޝާހު ވަނީ ދިއްލީއަށް ފިލްމްގެ ޕްރޮމޯ ލަވަ ކުޅެން ގޮސްފައެވެ. މި ފިލްމްގައި ޝާހުގެ އިތުރުން، ކެޓްރީނާ ކައިފް އަދި އަނުޝްކާ ޝަރުމާ ލީޑު ރޯލުން ފެނިގެންދާނެއެވެ. ފިލްމުގައި ޝާހު އަކީ ޑްވާފްއެކެވެ. މި ފިލްމް ޒީރޯ ރިލީސްކުރަން ހަމަޖެހިފައިވަނީ 21 ޑިސެމްބަރު 2018 ގައެވެ.