ބޮލީވުޑްގެ ތަރި ސަނީ ޑިއޯލް އަނެއްކާވެސް "އެކްޝަން މޯޑް"އަށް އައިސްފައިވާ އިރު، އޭނާގެ އުފަންދުވަހުގެ މުނާސަބަތުގައި ކުރިއަށްއޮތް ފިލްމު "ޖާތު"ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.
ބޮކްސް އޮފީހުގައި ލިބުނު ތާރީހީ ކާމިޔާބީ "ގަދާރު 2" އަށްފަހު، ސަނީ ވަނީ ޓެލެގޫ ޑައިރެކްޓަރު ގޯޕީޗަންޑް މަލިނީނީއާ ގުޅިގެން މި އެކްޝަން ޑްރާމާ ކުޅެ، އެމީހުންގެ ފުރަތަމަ ކޯލަބްރޭޝަން ފާހަގަކޮށްފައެވެ.
އެ ޕޯސްޓަރުގައި ސަނީ ފެނިގެންދަނީ ހަރުކަށި އަދި ރުޅިވެރި މޫނަކާއެކު ލޭގެ ރޮނގުތަކެއް ފެނިގެންދާ ބްލޭޑްތަކެއް ހުރި ފަންކާއެއް ހިފަހައްޓައިގެން ހުއްޓައެވެ.
މި އިއުލާނާ ގުޅިގެން ސަނީގެ އާ އަވަޓަރެއް ބަލަން ކެތް މަދުވެފައިވާ ފޭނުންގެ މެދުގައި ވަނީ ފޯރިއެއް އުފެދިފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމު އަންނަ އަހަރު އިންޑިއާގެ މިނިވަން ދުވަހު ރިލީޒް ކުރުން ހަމަޖައްސާފައިވެއެވެ.
ވަރުގަދަ އެކްޝަން ސީކުއެންސްތަކެއްގެ ވައުދާއެކު 'ޖާތު' އަކީ އަންނަ އަހަރު ސަމާލުކަން ދޭން ޖެހޭ ބޮޑު އެއް ރިލީޒްއަށް ވާން ތައްޔާރުވެފައިވާ ފިލްމެއް ކަމަށް ގިނަބަޔަކު ދެކެއެވެ.