ޕޮލިސް

ލޯންޗެއްގެ ބެޓެރި ގޮވައި ތިން މީހަކަށް އަނިޔާވެ ފަރުވާދެނީ

އަލީ އިހްސާން

ހުޅުމާލެ ބަނދަރުގައި އޮތް ލޯންޗެއްގެ ބެޓެރި ގޮވައި ތިން މީހަކަށް އަނިޔާ ވެއްޖެއެވެ.

އަނިޔާވި ތިން މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ ލަކުޑި ޖެޓީގައި އޮތް އެމްޓީސީސީ އެކްސްޕްރެސް 1 ލޯންޗުގެ ޕެޓްރޯލް ޕަންޕުގެ ސްވިޗް ބަދަލުކުރަން އުޅުމުގެ ތެރޭގައި ސްޕާކްވެގެން ބާރު އަޑަކާއެކު ބެޓްރީ ގޮވުމުގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހުޅުމާލޭ ކޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާކަމަށެވެ.

ފުލުހުން ބުނީ މިހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު 11:15 ހާއިރު ކަމަށާއި، 3 މީހުން ގެ ތެރެއިން 2 މީހުންގެ މޫނާއި އަތް ފިހިފައިވާ ކަމަށެވެ.