މުނިފޫހިފިލުވުން

އަކްޝޭ، އަނަންޔާ އަދި އާރު މަދަވަން އެކުގައި ފިލްމަކުން

އަކްޝޭ ކުމާރު، އަނަންޔާ ޕާންޑޭ އަދި އާރު މަދަވަން އެކުގައި ފިލްމެއްގެ މަސައްކަތް ފަށައިފިއެވެ.

މިއީ ވަކީލު ސީ. ޝަންކަރަން ނައިރުގެ ބައޯޕިކަކަށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ "ދަ ކޭސް ދެޓް ޝުކް ދަ އެމްޕަޔާ" ފޮތުގެ މައްޗަށެވެ. ފިލްމު ޑައިރެކްޓް ކުރަނީ ކަރަން ސިންގް ޓައިގީއެވެ. ޕްރޮޑިއުސް ކުރަނީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޯޑަކްޝަނުންނެވެ.

ފިލްމަށް އަދި ނަމެއްދީފައި ނުވި ނަމަވެސް ފިލްމުގެ އުފައްދާ ފަރާތްކަމުގައިވާ ދަރްމާ ޕްރޮކްޑަކްޝަނުން އިއްޔެ ވަނީ ރަސްމީކޮށް ފިލްމު އިއުލާންކޮށް 14 މާރޗް 2025 ގައި ފިލްމު ރިލީސްކުރަން ނިންމައިފައެވެ.

އަކްޝޭ މިހާރު ބުރަކޮށް އުޅެނީ ފިލްމު ސިންގަމް އަޖެއިން ރިލީސްކުރުމުގެ މަސައްކަތުގައެވެ. އަނަންޔާ ވަނީ މިފަހުން ކާމިޔާބު ދެ އޯޓީޓީ ރިލީސް ނެރެފައެވެ. އެއީ ކޯލް މީ ބައި އަދި ސީޓީއާރްއެލްއެވެ. އާރު މަދަވަން އެންމެފަހުން ފެނިގެންގޮސްފައިވަނީ އަޖޭ ދޭވްގަން އަދި ޖަޔޯތިކާ އާއެކު ފިލްމު ޝައިތޯނުންނެވެ.