ބޮލީވުޑްގެ ބަތަލު އަރްޖުން ރާމްޕަލް އޭނާގެ ލޯބިވެރިޔާއާކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
އަރްޖުން އަދި ލޯބިވެރިޔާ ގެބްރިއެލް ވަނީ އެމީހުންގެ މީސްމީޑިއާގައި މިކަން ހިއްސާކޮށްފައެވެ.
އަރްޖުން ވަނީ ވަރަށް ފަހުން ގެބްރިއެލް ބަނޑުބޮޑުވާހަކަ ވެސް ހިއްސާކޮށްފައެވެ.
ގެބްރިއެލް އޭނާގެ އިންސްޓަގްރާމުގައި ވަނީ އަރްޖުން އާއެކު ނަގާފައިވާ ސެލްޕީއެއް ޕޯސްޓުކޮށްފައެވެ. އަދި މޫދުގައި ނަގާފައިވާ ފޮޓޯއެއްވެސް ވަނީ ހިއްސާކޮށްފައެވެ.
އަރްޖުން ވަނީ ދެމީހުން އެކީ ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ރާއްޖޭގައި އުޅޭ ކަމަށް ހޭޝްޓެގް ކޮށްފައެވެ.
ދެބައިވެރިން ޗުއްޓީ ހޭދަކުރަމުން ގެންދަނީ އަނަންތަރާ ވެލީގައެވެ. އިންސްޓާ ޕޯސްޓު ތަކުން ބެލެވޭ ގޮތުގައި ދެބައިވެރިން ރާއްޖެ އައިސްފައިވަނީ މިއަދުއެވެ.
އަރްޖުން ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެވެ. ވިހި އަހަރުވަންދެން ކައިވެނިކޮށްގެން އުޅުމަށްފަހު އަރްޖުން އަދި މެހްރު ވަނީ މިދިޔަ އަހަރު ވަރިވެފައެވެ. އޭރު ދެމަފިރިންގެ ދެ ކުދިން ތިބެއެވެ.