މެންބަރު އަބްދުﷲ ރިޔާޒް

ރައީސް ސޯލިހު ތާއީދު ކުރައްވާ ބޭފުޅަކު މަޖިލީހުގެ ރައީސްކަމަށް ގެނައުމަށް މަސައްކަތްކުރާނަން: ރިޔާޒު

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތާއީދުކުރައްވާ އެމްޕީއަކު އިންތިހާކު ކުރަން މަސައްކަތްކޮށްދެއްވާނެ ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސް، އަދި ނައިބު ރައީސް އިންތިހާބުކުރާއިރު ރައީސް ސޯލިހު ތާއީދުކުރައްވާ ބޭފުޅަކު އިންތިހާބުކުރުމަށް ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ރިޔާޒު ވިދާޅުވީ ތިމަރަފުށީ ދާއިރާއަށް އުންމީދީ ބަދަލެއް ގެނެވެން އޮތީ ސަރުކާރުގެ އެހީތެރިކަމާއެކުގައި ކަމަށެވެ.