ބޮލީވުޑް

އަރާދްޔާ ބަޗަންގެ މި ނެށުން ދުށިންތަ؟

މިސްވޯލްޑް އަދި ބަތަލާ އައިޝްވަރިޔާ ރާއީ އާއި ބޮލީވުޑްގެ މަގްބޫލު ބަތަލު އަބީޝެކް ބަޗަންގެ އަންހެން ދަރިފުޅު އަރާދްޔާ ބަޗަން މިވަނީ ޝަމަކް ދާވަރް ޑާންސް އިވެންޓުގައި ނަށައިފައެވެ.

ހަތް އަހަރުގެ އަރާދްޔާ ގެ ނެށުން ވަނީ ގިނަ ބައެއްގެ ލޮލުގައި އަޅައިގެންފައެވެ. އަދި އޭނާގެ ނެށުން ކަމުގޮސްގެން ގިނަ ބަޔަކު ވަނީ ތައުރީފުވެސް ކޮށްފައެވެ.

ފިޔާތޮށި ކުލައިގެ ހެދުމަކާއި ޑެނިމް ޖެކެޓަކާ އަދި ފިޔާތޮށި ކުލައިގެ ހެއާ ބޭންޑެއްގެ އިތުރުން ގުޅޭ ބޫޓެއްގައި އަރާދްޔާ ފެނިގެން ދިޔައީ ވަރަށް ކިއުޓްކޮށެވެ.

އަރާދްޔާގެ މި ނެށުން ބެލުމަށް އޭނާގެ މަންމަ އައިޝްވަރިޔާ، ބައްފަ އަބީޝެކް ބަޗަން، މާމަ ޖަޔާ ބަޗަން އަދި ބޮޑުދައިތަ ޝުވެތާ ބަޗަން އިވެންޓަށް ދިޔައެވެ. އައިޝްވަރިޔާގެ މަންމަވެސް ވަނީ ބައިވެރިވެފައެވެ.

އަރާދްޔާގެ ނެށުން މޮޅުކަމުން މިހާރު ގިނަ ބަޔަކު އުންމީދު ކުރަނީ ބޮލީވުޑުން އޭނާ ފެންނާނެ ދުވަހަކަށެވެ.