ޕޮލިސް

ހުސްވި ހަފްތާގަ 54 އެކްސިޑެންޓް ހިނގި، 20 އެކްސިޑެންޓްގައި މީހުނަށް އަނިޔާވި

ހުސްވި ހަފުތާގެ ތެރޭގައި މާލޭ ސަރަހައްދުގައި 54 އެކްސިޑެންޓް ހިނގައިގެން ރިޕޯޓުކުރި ކަމަށް ފުލުހުންބުނެފިއެވެ.

މިމަހުގެ 11 އިން 17 އަށް މާލޭ ސަރަހައްދުގައި އެކްސިޑެންޓްތައް ހިނގާފައިވާ ގޮތުގެ ތަފާސް ހިސާބު މިއަދު ފުލުހުން ހާމަކޮށްފައިވާއިރު، އެ މުއްދަތުގައި ހިނގި 54 އެކްސިޑެންޓްގެ ތެރެއިން 20 އެކްސިޑެންތްގައި މީހުންނަށް އަނިޔާވެފައިވާކަމަށް ދައްކައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވެހިކަލް ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރު ސްޕީޑެއްގައި ދުއްވައިގެން 13 މައްސަލައެއް ވަނީ ފާހަގަ ކުރެވިފައެވެ. އަދި 18 އަހަރު ނުފުރޭ ކުދިން އެއްގަމު އުޅަނދު ދުއްވި ދެ މައްސަލައެއް ފާހަގަކޮށްފައިވެއެވެ.

ފުލުހުން ބުނީ، ހަތަރު ފުރޮޅު ލީ 12 އުޅަނދަކާއި 16 ސައިކަލެއް ޓޯ ކުރެވިފައިވާ ކަމަށެވެ.

ތަފާސް ހިސާބުން ދައްކާ ގޮތުގައި، މިމަހުގެ 11 އިން 17 އަށް 814 އުޅަނދުގައި ފުލުހުން ވަނީ ސްޓިކާ ޖަހައިފައެވެ. އެއީ އެވްރެޖުކޮށް ބަލާއިރު ދުވާލެއްގެ މައްޗަށް 116 ސްޓިކާއެވެ.