ޕޮލިސް

ލައިސަންސް ނެތް ދެމީހަކު ދުއްވި ދެ ސައިކަލު އެކްސިޑެންޓްވެ ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ މަރަދޫގައި ލައިސަންސް ނެތި ދެމީހަކު ސައިކަލު ދުއްވަނިކޮށް އެކްސިޑެންޓްވެ ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ މަރަދޫ ސްލިޕްވޭ ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓްވި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 7:13 އެހާކަށްހާއިރު ކަމަށެވެ.

އެތަނުން އެއް ސައިކަލު ދުއްވަން އިނީ 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ލައިސަންސް ނެތް ކަމަށެވެ. އަދި އެކްސިޑެންޓްވި އަނެއް ސައިކަލު ދުއްވަން އިނީ ވެސް ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އަދި މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.