ކޭންސް 2019 ގައި ޕްރިޔަންކާ ޗޯޕްރާ (ޕީސީ) މިއަހަރު އަލަށް ބައިވެރިވިއިރު ރެޑް ކާޕެޓް ލުކްގައި އޭނާ ވަަނީ ވިދާ ކަޅު ހެދުމެއް ލައިފައެވެ. މީގެ އިތުރުން އޭނާ ވަނީ ފިލްމު 5ބީ ގެ ސްކްރީނިންގައިވެސް ބައިވެރިވެފައެވެ. އެ ފިލްމަކީ އެޗްއައިވީ އެއިޑްސް އާ ގުޅޭ ގޮތުން ހަދާފައިވާ ފިލްމެކެވެ.
ކޭންސްގެ ދެވަނަ ދުވަހު ޕީސީ މިވަނީ ސިމްޕަލްކޮށް ހެދުން އަޅައިފައެވެ. އޭނާ ހުރީ ލެވެންޑާ ކުލައިގެ މާމެއިޑެއް ގޮތަށް ހުރި ވިދާ ކުރު ހެދުމެއްގައެވެ. ޕީސީއާއެކު އޭނާގެ ފިރިމީހާ ޕޮޕް ލަވަ ކިޔުންތެރިޔާ ނިކް ޖޯނާސްވެސް ވަނީ ދެވަނަ ދުވަހު ކޭންސް 2019ގައި ބައިވެރިވެފައެވެ. ނިކް ލައިގެންހުރީ ވެލްވެޓް ފޮތީގެ ކަޅު ސޫޓެކެވެ.
ޕީސީ އެންމެ އަވަހަށް ދެން ފެނިގެން ދާނީ ޝޯނާލީ ބޯސްގެ ފިލްމު "ސްކައި އިސް ޕިންކް" އިންނެވެ. އެ ފިލްމުގައި އޭނާއާއެކު ފަރްހާން އަޚްތަރު އަދި ޒައިރާ ވާސިމް ފެނިގެންދާނެއެވެ.