ޓީވީ ތަރި ހިނާ ޚާން، 72 ވަނަ ކޭންސް ފިލްމް ފެސްޓިވަލުގައި އޭނާ އަލަށް ކުޅޭ ފިލްމު "ލައިންސް" ގެ ޕޯސްޓަރު ލޯންޗު ކޮށްފިއެވެ.
މިއީ ހިނާ ކޭންސްއަސް ދިޔަ ފުރަތަމަ ފަހަރެވެ.
ޕޯސްޓަރު ލޯންޗުކޮށްފައިވަނީ ހުކުރު ދުވަހު ފެސްޓިވަލުގެ އިންޑިއާ ޕެވިލިއަން ގައެވެ. ލޯންޗު ކުރި ހަފްލާގައި ހިނާ ލާފައިހުރީ ފެހި ކުލައިގެ ހެދުމެކެވެ. އޭނާ ވަނީ ފިލްމާ ބެހޭގޮތުން ފިލްމުގެ އެހެން ބައިވެރިންނާއެކު ވާހަކަދައްކައިފައެވެ.
"ލައިންސް" އަކީ އިންޑިއާގެ ބޯޑަރުގައި ދިރިއުޅޭ އަންހެނެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ.
ފިލްމަކީ ރާހަތް ކަޒްމީ، ތާރިގް ޚާން، ޒެބާ ސާޖިދް ޕްރޮޑިއުސްކޮށް ހުސެއިން ޚާން ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމުގެ ކޯ ޕްރޮޑިއުސަރަކީ ޖަޔަންތް ޖައިސްވަލްއެވެ.