ހޮލީވުޑްގެ ތަރިން ކަމުގައިވާ ކިމް ކާޑިޝަން ވެސްޓާއި ކެންޔޭ ވެސްޓް އެމީހުންގެ ހަތަރު ވަނަ ދަރިފުޅުގެ ފޮޓޯ ހިއްސާކޮށްފިއެވެ.
ފޮޓޯ ހިއްސާކޮށްފައިވަނީ ކިމްގެ އިންސްޓަގްރާމުގައެވެ. އެއާއެކު ދަރިފުޅުގެ ނަންވެސް ކިމް ވަނީ ހިއްސާކޮށްފައެވެ. އެއީ ސާމްސް ވެސްޓެވެ.
ޕޯސްޓުގައި ކިމް ވަނީ އޭނާގެ ފިރިމީހާ މަންމައިންގެ ދުވަހު އޭނާއަށް ފޮނުވި މެސެޖްގެ ސްކްރީން ޝޮޓެއް ދަރިފުޅުގެ ފޮޓޮއާއެކު ހިއްސާކޮށްފައެވެ.
ކިމް އަދި ކެންޔޭގެ ހަތަރުވަނަ ދަރިފުޅު ވިހެއީ މެއި 8 ވީ ބުރާސްފަތި ދުވަހުއެވެ.
ކިމް އަދި ކެންޔޭގެ ދަރިންނަކީ ނޯތް ފަސް އަހަރު، ޗިކާގޯ އެއް އަހަރު، އަދި ސެއިންޓް ތިން އަހަރެވެ.