ކޭންސް 2019 ގެ ދެވަނަ ދުވަހުގެ ބަތަލާ ދީޕިކާ، ހަތަރު ލުކް އޭނާގެ އިންސްޓަގްރާމުގައި މިވަނީ ހިއްސާކޮށްފައެވެ.
ދީޕިކާގެ ފުރަތަމަ ލުކް އަކީ ނޫކުލަ އާއި ހުދު ކުލައިގެ ރޮނގުދެމި ސޫޓެކެވެ. އެ ސޫޓާ އެކީ އޭނަ އަރާފައި ވަނީ އޮރެންޖް ހީލް އަކަށެވެ. އަދި ވަރަށް ހިމަ އަވި އައިނެއްވެސް ވަނީ އަޅައިފައެވެ.
ދެވަނަ ލުކް ގައި ލާފައިވަނީ އޮފް-ވައިޓް ބްރޭންޑުގެ ހެދުމެކެވެ. އެއީ ކަޅުކުލައިގެ ބޮޑު ހެދުމެކެވެ. ހެދުމުގެ މަތީބައިގެ ކަނާތްފަރާތް ވަނީ ނިއޯން ފެހިންނެވެ. ހެދުމާއެކު ކަޅުކުލައިގެ ސްނީކަރަކާއި ފެހި ކުލައިގެ އަވިއައިނެއްވަނީ އަޅައިފައެވެ.
ތިން ވަނަ ހެދުމުން ދީޕިކާ އަށް ގިނަ ފާޑުކިޔުންތަކެއް، އަމާޒުވިއިރު ގިނަ ބަޔަކު ތަރުހީބުވެސް ދިނެވެ. ހަށިގަނޑު ފެންނަހާ ތުނި "ހުދުކުލައިގެ ޝިއާ" ޓޮޕަކާއި ހުދު ފަޓްލޫނެއް މި ލުކަށް އޭނާވަނީ ލައިފައެވެ.
ހަތަރު ވަނައަށް ލައިފައިވަނީ މާޖެހި ދިގު ހެދުމެކެވެ. ހެދުމުގެ ކަރުގައި ބޮޑު ބޯޓައީއެއް ހުއްޓެވެ. މި ހެދުމުގައި ދީޕިކާ ވަރަށް އަންހެން ވަންތައެވެ.
ދީޕިކާގެ ފިރިމީހާ ރަންވީރު ވަނީ އޭނާގެ ލުކްތަކަށް ތައުރީފު ކޮށްފައެވެ.
ދީޕިކާ ވަނީ ފިލްމު ރޮކެޓްމޭން ގެ ސްކްރީނިންއަށް ބުރާސްފަތި ދުވަހު ގޮސްފައެވެ.
ރެޑް ކާޕެޓުގައި އޭނާވަނީ ބްރޭންޑް ލޮރިއޭލް ރެޕްރެޒެންޓްކޮށްފައެވެ. ރެޑް ކާޕެޓަށް އޭނާ ލާފައި ވަނީ ޕީޓާ ޑަންޑާސްގެ ހެދުމެކެވެ.
އެ ހެދުމުގައި ކަޅު ކުލައިގެ ބޮޑު ބޯޓައީއެއްވެސް ހުއްޓެވެ. އެ ހެދުމާއި އޭނާގެ މޭކަޕް ތަފާތުވެގެން ގިނަ ބަޔަކު ވަނީ ކޮމެންޓް ކޮށްފައެވެ.