ޒޯޔާ އަޚްތަރުގެ ފިލްމް ގަލީ ބޯއީގައި ރަންވީރުގެ ލަވަކިޔުމުގެ ހުނަރަށް ވަނި ބޮޑު ތަރުހީބެއް ލިބިފައެވެ. ގަލީބޯއީގައި ރަންވީރުގެ ލަވަތައް ވަނީ އެދުވަސްވަރުގެ ޗާޓްތަކުގައިވެސް އެންމެ ކުރީގައެވެ.
ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ރަންވީރު މިހާރު ކުޅޭ ފިލްމު 83 ގައިވެސް އޭނާ ލަވަކިޔާގޮތަށް ވަނީ ހަމަޖެހިފައެވެ. ފިލްމު 83 އަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ކެޕްޓަން ކަޕިލް ދޭވް 1983 ގައި ގައުމަށް ވޯލްޑް ކަޕް ހޯދައިދިން އަހަރުގެ ވާހަކައިގެ މައްޗަށް އުފައްދާ ފިލްމެކެވެ.
ފިލްމުގައި ލަވަ ކޮމްޕޯސް ކޮށްދިނީ ޕްރީތަމްއެވެ. ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރުވެސް ބޭނުން ވީ ރަންވީރު ލައްވާ އެލަވަ ކިޔުއްވަންށެވެ. މިހާރު ރަންވީރުވެސް ވަނީ ލވަ ކިޔުމަށް އެއްބަސްވެފަ އެވެ.
ރަންވީރު ވަނީ ގިނަ ބްލޮކްބަސްޓާ ފިލްމުތަކެއް ކުޅެފައެވެ. އަދި ގަލީބޯއީގައި އޭނާވަނީ ރެޕިންގެ ހުނަރު ވަރަށް ރީތިކޮށް ދައްކުވައިދީފައެވެ.
ފިލްމް 83 ވާނީ ހިންދީ އާއި ޓެމިލް އަދި ޓެލިނގޫ ބަހުން ނެރޭ ރަންވީރުގެ ފުރަތަމަ ފިލްމަށެވެ.