ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

ފޭދޫގައި އަންހެންމީހާއަށް ރަހުމުކުޑަ އަނިޔާތަކެއް ދިން މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފަ: ޝިދާތާ

ށ. ފޭދޫގައި އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދިން މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށައަޅާފައިވާ ކަމަށް މިނިސްޓަރ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިދާތާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ށ. ފޭދޫގައި އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދިން މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައިވާ ކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަނިޔާކޮށް، އެ ކަމުގެ އަދަބު ނުލިބޭނެ ކަމަށް ގަބޫލުކުރާ ވިސްނުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

ރޭގެ ވަގުތެއްގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެން މީހާ އާއި އޭނާގެ ދަރިޔަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީ ވަނީ ބުނެފައެވެ.

ޚާއްސަ އެހީއަށް ބޭނުންވާ އަންހެނެއްގެ ބޮލަށް ގޯނި މަހައި ހޮޅިދަނޑިއެއްގައި އެއްސި މައްސަލައެއް ފެންމަތިވީ މިދިޔަ ހޯމަ ދުވަހު އެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.