ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ، ތިން ޕާޓީއަކަށް ދޫކުރުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އީސީގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ޖެހެނީ ހަތަރު ޕާޓީއަކަށް ކަމަށެވެ.
އެގޮތުން އެމްޑީޕީ، ޖޭޕީ، އެމްޑީއޭއަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.
އަކުރަމް ވިދާޅުވީ ޕީޕީއެމްއަށް ފައިސާ ދޫކުރަން އެދިފައި ނުވަނީ ޕީޕީއެމުން ހުށައެޅި އަހަރީ ރިޕޯޓްގައި އިސްލާހުކުރަން ޖެހޭ ކަންކަން ހުރުމުން ކަމަށެވެ.
އެހެންކަމުން ޕީޕީއެމުން ރިޕޯޓް އިސްލާހުކުރުމަށްފަހު އަލުން އީސީއަށް ހުށަހެޅުމުން ފައިސާ ލިބޭނެކަން މިއަދު އެޕާޓީއަށް އަންގާފައިވާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.