ވިޔަފާރި

ސިންގަޕޯ އެއާލައިންސްގެ ކާގޯ ސޭލްސް އޭޖެންޓަކަށް ސެންޗޫރިއަން އެއަރ ހަމަޖައްސައިފި

މަރިޔަމް ޝަހުދާ

ސިންގަޕޯ އެއާލައިންސްގެ ކާގޯ ސޭލްސް އޭޖެންޓަކަށް ސެންޗޫރިއަން އެއަރ ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފި އެވެ.

ސެންޗޫރިއަން އެއަރ އާއި ސިންގަޕޯ އެއާލައިންސްގެ ކާގޯ ސޭލްސް އޭޖެންޓުކަން ހަވާލުކޮށްފައިވަނީ އިއްޔެ ސިންގަޕޯ އެއާލައިން އޮފީހުގައި ކުރިއަށް ދިޔަ ކުޑަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސް ވުމުގައި ސެންޗޫރިއަން އެއަރގެ ފަރާތުން އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހުސައިން ނިޒާރު ސޮއިކުރެއްވި އިރު ސިންގަޕޯ އެއާލައިނުން މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެ އެއާލައިނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޖެނެރަލް މެނޭޖަރ އަހުމަދު ޒުހުރޫ ޖޯހަރީ އެވެ.

ސެންޗޫރިއަން ޕަބްލިކް ލިބިޓެޑްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ސެންޗޫރިއަން އެއާއަކީ ވައިގެ މަގުން ގެނެވޭ މުދަލާއި އަންނަ ފަސިންޖަރުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުންޏާއި ސިންގަޕޯ އެއާލައިންއާއި ދެމެދު ވެވުނު މި އެއްބަސްވުމާއެކު ރާއްޖެއިން އެކްސްޕޯޓު ކުރާ މުދާތަކަށް އިތުރު ގައުމުތަކުގެ ދޮރު ހުޅުވި އެކްސްޕޯޓު ދާއިރާއަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށް ސެންޗޫރިއަން އެއަރ އިން ބުނެއެވެ.