ފެޝަން

ޕްލާސްޓިކް ބޫޓުން އާމާލް ކްލޫނީއަށް ގިނަ ބައެއްގެ ތައުރީފު

ޖޯރޖް ކްލޫނީ އަދި އާމާލް ކްލޫނީ އަކީ ހޮލީވުޑްގެ އެންމެ ސްޓައިލިޝް އެއް ކަޕަލްއެވެ. މިދެބައިވެރިން ރެޑް ކާޕެޓުން އަބަދުވެސް ފެންނައިރު ހިތްގައިމުކަން ގެނެސްދެއެވެ.

ޖޯރޖް ގިނައިން ފެނިގެން ދަނީ އޭނާގެ ހަށިގަނޑަށް ފަހާފައި ހުންނަ ސޫޓުގައެވެ. އާމާލް އަބަދުވެސް ފެންނަނީ ވަރަށް އެލިގަންޓްކޮށް ހެދުން އަޅާ މީހެއްގެ ގޮތުގައެވެ.

ދެ ބައިވެރިން މިވަނީ ކެލިފޯނިއާގައި ޖޯރޖްގެ އާ ފިލްމް "ކެޗް 22" ގެ ޕްރިމިއާއިން ފެނިގެންގޮސްފައެވެ.

މި ޕްރިމިއާއަށް ޖޯރޖް ވަނީ ވަރަށް ޓޯން ޑައުންކޮށް ހެދުން އަޅައިފައެވެ. ގަދަ އަޅިކުލައިގެ ސޫޓަކާއެކު ޖޯރޖް ލައިފައި ހުރީ ހުދު ގަމީހެކެވެ. އާމާލް ލައިފައި ހުރީ ސިލްކް ޓޮފެޓާ ކޮކްޓެއިލް ހެދުމެކެވެ. އެއީ އޮސްކާ ޑިލެ ރެންޓާގެ ޕްރީ-ފޯލް 2019 ގެ ކަލެކްޝަނެކެވެ. ހެދުމާ ގުޅުވައިގެން ކަޅުކުލައިގެ ކްލަޗްއަކާ އެލޭ ކަންފަތުލާ އެއްޗެއް އޭނާވަނީ ބޭނުން ކޮށްފައެވެ.

އެންމެންގެ ވެސް ލޮލުގައި އަޅައިގަތީ އާމާލް އަރާފައިވާ ބޫޓަށެވެ. މިހާރު އާންމުވަމުން އަންނަ ބޮޑު ޓްރެންޑް "ޕްލާސްޓިކް ފުޓްވެއާ"އަށް އޭނާ މިވަނީ ބޮޑު އެކްސްޕޯޝާ އެއް ހޯދައިދީފައެވެ.

އާމާލް އަރާފައިވަނީ ޕްލާސްޓިކުން ހަދާފައިވާ ބޫޓަކަށެވެ. ޕްލާސްޓިކުން ދުނިޔެ ސަލާމަތްކުރުމަށް ގިނަ ބަޔަކު ވަކާލާތުކޮށް ކެމްޕެއިން ކުރާ މިދަނޑިވަޅުގައި އާމާލް ޕްލާސްޓިކް ބޫޓަކަށް އެރުމުން ގިނަ ބައެއްގެ ތައުރީފު އޭނާއަށް ވަނީ ލިބިގެންގޮސްފައެވެ. އޭނާ އަރާފައިވާ ބޫޓު ޕްލާސްޓިކުން ހަދާފައިވިނަމަވެސް ވަރަށް ސްޓައިލިޝްއެވެ.

އާމާލް އަކީ މީގެ ކުރިންވެސް އިޖުތިމާއީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަންދޭ ސެލެބްރިޓީއެކެވެ. އޭނާ އަކީ ދުނިޔޭގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ވަކީލުންގެ ތެރޭގައި އެންމެ ނުފޫޒުގަދަ އެއް ވަކީލުވެސްމެއެވެ.