ޓްރެވެލް ޓްރޭޑް މޯލްޑިވްސް ފެއާރ، (ޓީޓީއެމް 2019)ގެ ގޯލްޑް ޕާޓްނަރަކަށް ހޮސްޕިޓަލިޓީ އެންޑް ރީޓެއިލް ސިސްޓަމްސް (އެޗްއާރުއެސް) އިން ސޮއިކޮށްފި އެވެ.
ގޯލްޑް ޕާޓްނަރަކަށް ވުމުގެ އެއްބަސްވުމުގައި އެޗްއާރްއެސް އިންޓަނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މެނޭޖަރު، އަބްދުﷲ މުހައްމަދެވެ. އަދި ޓީޓީއެމް އިވެންޓް އިންތިޒާމްކުރާ މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑރ ހުސައިން ސަނީ އުމަރެވެ.
އެޗްއާރުއެސް އަކީ ބައިނަލްއަގްވާމީ ފެންވަރުުގައި އައިޓީ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. މިއަހަރުގެ ޓީޓީއެމް ފެއަރ ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ ޓީޓީއެމް ފެއަރ ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށް މޯލްޑިވްސް ގެޓަވޭޒްއިން ބުނެއެވެ.