ވިޔަފާރި

އުރީދޫ އެންޓަޓޭނިޔާގައި ޖިއޯސާވަން ހިމަނައިފި

އުރީދޫގެ މުނިފޫހިފިލުވުމަށް ހާއްސަ ހަބް، އެންޓަޓެއިނިއާއަށް ދުނިޔޭގެ އެންމެ މަޝްހޫރު އެއް މިޔުޒިކް ސްޓްރީމިން ޕްލެޓްފޯމް ކަމަށްވާ ޖިއޯސާވަން އިތުރުކޮށްފި އެވެ.

އުރީދޫން އިއްޔެ ބުނީ ޖީއޯސާވަން އާއި އެކު ހެދި އެ ޕާޓްނާޝިޕްގެ ސަބަބުން 16 ބަހަކުން 80 މިލިއަނަށްވުރެ ގިނަ ޓްރެކް ހިމެނޭ ޖިއޯސާވަންގެ ކެޓަލޮގަށް އަންލިމިޓެޑް އެކްސެސް ލިބި، ޕޮޑްކާސްޓްތަކާއި، ލަވަ އަދި އެކްސްކްލޫސިވް ކޮންޓެންޓް ލިބި، މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

އުރީދޫގެ އެންޓަޓައިނިއާއަކީ މުނިފޫހިފިލުވުމުގެ ތަފާތު ގޮތްތައް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެއް ކަމަށްވުން އެ ޕްލެޓްފޯމްގައި، ޖިއޯސާވަން ހިމެނުމުގެ ސަބަބުން ރާއްޖޭގެ މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރިކަން ލިބިގެންދާނެ ކަމަށް އުރީދޫން ބުންނެވެ

ޖިއޯސާވަންއަކީ ބޮލީވުޑްގެ ހިޓް، އިންޓަނޭޝަނަލް ޗާޓް ޓޮޕާސް ނުވަތަ ރީޖަނަލް ފޭވަރިޓުންގެ ފޭނުންނަށް ވެސް އެކަށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެއް ކަމަށް އުރީދޫން ބުންޏެވެ.

"ކިއުރޭޓެޑް ޕްލޭލިސްޓްތައް ހޯދުމާއި، އާ އާޓިސްޓުން ހޯދުމާއި، އެކި ޖޯންރާތަކުގެ މިއުޒިކާއެކު ފަސޭހަކަމާއެކު ބޭނުންކުރެވޭނެއެވެ. ކަސްޓަމަރުންނަށް 250 ރުފިޔާއަށް ޖިއޯސާވަން ޕެކް އެކްޓިވޭޓްކޮށް، ޕްރިމިއަމް ޖިއޯސާވަން ސަބްސްކްރިޕްޝަނަކާއި އެކު 30 ދުވަހުގެ ވެލިޑިޓީއަކާ އެކު އެޕްލިކޭޝަނަށް 50 ޖީބީ ޑޭޓާ ލިބޭނެ އެވެ" އުރީދޫން ބުންޏެވެ.

.

އުރީދޫ ކަސްޓަމަރުންނަށް މިހާރު އެހެން ޕްރިމިއަމް މުނިފޫހިފިލުވުމުގެ ޕްލެޓްފޯމްތަކާއެކު ޖިއޯސާވަންވެސް ބޭނުންކުރަން ލިބި ފުރިހަމަ މުނިފޫހިފިލުވުމުގެ ޕެކޭޖެއް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.