ބޮލީވުޑް

މޮގުލް ޑައިރެކްޓް ކުރަން ރާޖް ކުމާރު ހިރާނީ އަށް ހުށަހަޅައިފި

އާމިރް ޚާން ޕްރޮޑިއުސްކޮށް އެކްޓްކުރާ ފިލްމް މޮގުލް ވަނީ ހެޑްލައިންތަކުން ޖާގަހޯދާފައެވެ. ގުލްޝަން ކުމާރުގެ ދިރިއުޅުމުގެ މައްޗަށް ހަދާ މި ފިލްމް ފުރަތަމަ ޑައިރެކްޓްކުރަން ހަމަޖެހިފައި އޮތީ ސުބާޝް ކަޕޫރު އެވެ.

ނަމަވެސް އިންޑިއާގެ މީޓޫ މޫވްމަންޓްގެ ދަށުން ސުބާޝް އަށް ވެސް ވަނީ ހެރެސްމަންޓް ތުހުމަތުތަކެއް ކޮށްފައެވެ. އެހެންކަމުން އާމިރް ޚާން ސުބާޝް އާ އެކީ ފިލްމުގައި ހަރަކާތްތެރި ނުވާން ނިންމުމުން އެފިލްމުން ސުބާޝް ވަނީ އިސްތިއުފާދީފައެވެ.

މިހާރު އަޑު ފެތުރިފައިވާ ގޮތުގައި ރާޖް ކުމާރު ހިރާނީ އަށް ވަނީ ފިލްމް މޮގުލް ޑައިރެކްޓުކުރުމަށް ހުށަހަޅާފައެވެ. ހިރާނީ އަށް ފިލްމްގެ ސްކްރިޕްޓް ކަމުދިޔަކަމުގައި ވިއަސް އަދިވެސް ފިލްމް ޑައިރެކްޓް ކުރުމަށް އެއްބަސްވެފައި ނުވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ވެސް އާމިރު ޚާން އާއި ހިރާނީ ވަނީ ފިލްމްތަކުގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ފިލްމް ޕީކޭ ފާހަގަ ކޮށްލެވެއެވެ.