ބަތަލާ ދީޕިކާ ޕަޑުކޯން ގްރީކްގެ މަޝްހޫރު ޔޯގަޓް ބްރޭންޑަކަށް އިންވެސްޓްކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ދީޕިކާއާއި އޭނާގެ ބައްޕަގެ ކުންފުނި، ކޭއޭ އެންޓަޕްރައިސަސް އެލްއެލްޕީ އިން ވަނީ ގްރީކް ޔޯގަޓާއި ސްމޫތީ އުފައްދާ ކުންފުންޏަކަށް އިންވެސްޓްކޮށް އެ ކުންފުނީގެ ޕާޓްނާޝިޕް ނަގައިފައެވެ.
މީގެ އިތުރުން އެ ޔޯގަޓް ބްރޭންޑްގެ "ފޭސް" އަކަށް ވެސް ދީޕިކާވަނީ ހަމަޖައްސައިފައެވެ.
ބްރޭންޑްގެ އޮފިޝަލުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި މީގެ ކުރިން އެހާބޮޑަށް އިޝްތިހާރު ކުރުމުގެ ޝައުގު ނެތްކަމުގައި ވީނަމަވެސް މިހެދުނު އެއްބަސްވުމުގެ ދަށުން އިޝްތިހާރު ކުރުމުގެ ސްޓެރަޖީ ބަދަލުވެގެންދާނެއެވެ. އަދި އިޝްތިހާރު ތަކުގައި ދެން ފެނިގެން ދާނީވެސް ދީޕިކާ ކަމުގައި ވެއެވެ.